ފުލުހުން މީޑީޔާތަކަށް މައުލޫމާތު ދެނީ ފޮޓޯ: އަދަދު

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒްހާންގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށް ފުލުހުން ބުނެފިއެވެ.

ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ހުޅުމާލެ ވޯޓަރޕާކް ކުރިމަތިން އޮންނަ ހުސް ބިން ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިއަދު ކަމަށެވެ. ސީސީޓީވީ ފުޓޭޖުން އެންމެ ފަހުން ފެންނަ މަންޒަރުތަކުން ފެންނަނީ ވޯޓަރޕާކަށް ވުރެ ދުރު ހިސާބެއްގައި އޭނާ އުޅޭ މަންޒަރުކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެކަމަށް ބުނެފައެވެ. އެކަން އާއިލާއަށްވެސް އަންގާފައިވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންނަމަވެސް ލިބުނު އިތުރު މައުލޫމާތާއި ގުޅިގެން އެސަރަހައްދު ބެލީކަމަށް ފުލުހުން ބުނެއެވެ.

"ހަށިގަނޑު އޮތީ ހައިލީ ޑީކޮމްޕޯޒްޑް ސްޓޭޖެއްގައި. ތަހުގީގު ދެން ކުރިއަށްދާނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި"

ފުލުހުން ވަނީ މިއީ ތަހުގީގުގެ ވަރަށް ކުރީކޮޅުކަން ފާހަގަކޮށް އިތުރު ތަފްސީލްތަކެއް މިވަގުތު ދެވެން ނެތްކަން ފާހަގަކޮށްފައެވެ.

އަޒްހާން ގެއްލިގެން ހޯދަން ފަށާފައިވަނީ ހުސްވި މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސްއިން ކާރެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށް އެރުމަށްފަހު އެތަނުން ފަތިހު 4:53 ހާއިރު ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ފޭސް އެކެއްގައި ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށެވެ.

21 އަހަރުގެ އަޒްހާން އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *