މަރުވެފައި އޮއްވާ ފެނުނު އަޒްހާން - އޭނާއަކީ 27 އަހަރުގެ ޒުވާނެއް

ހުޅުމާލެއިން ގެއްލުނު މުހައްމަދު އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ވަނީ ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މިއަދު ހަވީރު 5:45 ހާއިރު ފެނިފައިވާ ކަމަަށެވެ. އިތުރު ތަފްސީލް ދިނުމަށް މިރޭ 7:45 ގައި ހުޅުމާލެ ވޯޓަރ ޕާކް ސަރަހައްދުން މީޑިޔާތަކާއި ބައްދަލުކުރާނެކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވީ ސީސީޓީވީ ފުޓޭޖްތަކުން ފާހަގަ ކުރެވޭ ގޮތުގައި ހުޅުމާލެފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސްއިން ކާރެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށް އެރުމަށްފަހު އެތަނުން ފަތިހު 4:53 ހާއިރު ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ފޭސް އެކެއްގައި ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށެވެ.

އަޒްހާން އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *