މާލެގައި ދުއްވާ މިނިބަހެއްގެ އެތެރެ - ފޮޓޯ: ޖަޒީރާއެމްވީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތުގެ ދަށުން މާލެތެރޭގައި ދުއްވާ ބަސްތަކުން މާދަމާއިން އަގު ނަގަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަހުގައި ކަރުދާސް ޓިކެޓް ވިއްކަން ނިންމާފައިވާ ކަމަށާއި، އެހެންނަމަވެސް ރުފިޔާ މާރެއް ނުކުރެވޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ އެގޮތަށް އެކަން ހަމަޖެއްސީ ރުފިޔާ މާރުކުރަންވެއްޖެ ގިނަ އިރު ނަގާނެތީ އާއި ދަތުރުތައް ލަސްވެ ކަސްޓަމަރުންނަށް އެކަމުން ދަތިތަކާއި ދިމާވެދާނެތީ ކަމަށެވެ.

އާޒިމް ވިދާޅުވީ ހުރިހާ އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެކަން އޮންނަ ގޮތް ކަމަށެވެ. ބަސްދަތުރަކަށް ކަނޑައަޅާފައިވާ އަގަކީ 7 ރުފިޔާއެވެ. ބަހުގައި ކަރުދާސް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ބަހުގައި ހުންނަ ފައިސާ ލާ ފޮއްޓަށް ފައިސާލުމުން ޓިކެޓް ލިބޭ ގޮތަށެވެ.

އާޒިމް ވިދާޅުވީ ބަސްދަތުރުތަކުގައި ބޭނުން ކުރުމަށް،މިއަހަރު ނިމުމުގެ ކުރިން ކޯ ބްރޭންޑެޑް ކާޑެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މި ކާޑު ތައާރަފަކު ކުރުމަށްފަހު ކުރީގެ ދަތުރު ކާޑުތައް އުވާލެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން މިހާރު ބަސްތަދުރުތަކުގައި ބޭނުންކުރާ ދަތުރުކާޑުގައި ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު މި މަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ. ބަސް ހިދުމަތަށް އީއެމްވީ ކާޑު ބޭނުންކުރެވޭ ގޮތް ހެދުމުން ބޭންކް ކާޑުތައް މެދުވެރިކޮށްވެސް ޓިކެޓް ގަނެވޭނެއެވެ. ވިސާ ކާޑާއި އެމެކްސް އަދި މާސްޓަރ ކާޑު މެދުވެރިކޮށްވެސް ޓިކެޓް ގަނެވޭނެއެވެ.

މާދަމާއިން ފެށިގެން ބަސް ދަތުރުތަކަށް އަގު ނަގަން ފެށިނަމަވެސް 65 އަހަރުން މަތީގެ މީހުންނާއި، އެންސްޕާ ކާޑު އޮންނަ ހާއްސަ އެހީއަށްބޭނުންވާ މީހުންނާއި، ތިން އަހަރު ދަށުގެ ކުޑަކުދިންނާއި ސުކޫލު ޔުނިފޯމުގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *