ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ވިލުންވެރި މުޖުތަމައެއްގެ މައިބަދައަކީ އެ މުޖުތަމައެއްގެ ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަން އަދި ރައްކާތެރިކަން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަހިންސަ ދުވަހުގެ މުނާސަބަތުގައި ޓްވިޓަރ މެދުވެރިކޮށް އާއްމުކުރެއްވި މެސެޖެއްގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ އަމަންއަމާންކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރެވޭނެ މުޖުތަމައެއްކަމަށެވެ. އަނިޔާވެރިކަން ނެތް މުޖުތަމައެއް އުފެއްދޭނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށާއި ދިވެހި މުޖުތަމައަކީ އެފަދަ މުޖުތަމައަކަށް ވުމަށްޓަކައި ދިވެހިންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ.

ދޭދޭ ގައުމުތަކާއި މުޖުތަމައުތަކާއި ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރާނީ ވަޔަލެންޓް ވެގެންނެއް ނޫން. ބައިނަލްއަގުވާމީ ގޮތުން އަހިންސަ މުޖުތަމައެއް ގާއިމުކުރުމުގައި ރާއްޖެއަކީވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއް,"

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ދުނިޔޭގައި ނަން ވަޔަލަންސް ޑޭ ފާހަގަކުރަނީ އިނގިރޭސި އިސްތިއުމާރީ ބާރުތަކުގެ ވަކިތަކުން އެއްވެސް ހަމަނުޖެހުމެއް ނުހިންގައި އިންޑިއާ ސަލާމަތްކުރެއްވި މަހާތުމާ ގާނދީގެ އުފަން ދުވަހާ ދިމާކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *