ސެޕްޓެންބަރު 28 ވަނަ ދުވަހު އިންޑިއާގެ ސޫތުކުޅިން ފުރައިގެން މާލެއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ފަޅުވެރިން މާލެ ގެނެސްފި އެވެ.

މި ބޯޓު ބަންޑުން ޖަހާލީ ކާށިދޫގެ އިރުން 30 މޭލު ބޭރަށެވެ.

އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. އަދި، އެއް ފަޅުވެރިއަކު ގެއްލިގެން އެމްއެންޑީއެފުން ހޯދަމުން ދަނިކޮށް ފެނިފައިވަނީ އިއްޔެ ހަވީރު 17:25 ހާއިރު އެވެ.

އެމްވީ ބަރަދުވާޖް ބޯޓުގައި އެ އެންމެން މާލެ ގެނައީ ރޭ 11:45 އެހާކަންހާ އިރުއެވެ. އެ އެންމެނަކީ ވެސް އިންޑިޔާ މީހުނެވެ. އެ މީހުން މާލެ ގެނައި އިރު ހާލު ރަނގަޅެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *