ދަނބިދޫ އތމ ކޮމިޓީގެ މެންބަރުކަން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އާއިޝަތު ޒިޔާދާގެ ކެމްޕެއިނަށް މަހުލޫފު އެރަށުގައި. ޒިޔާދާވަނީ އެ ގޮނޑި ކާމިޔާބުކޮށްފައި

ބައި އިލެކްޝަންތަކުން އެމްޑީޕީއަށް ލިބުނު ކާމިޔާބީތަކުން ދައްކައިދެނީ، ރާއްޖޭގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވާ ތަރައްޤީ ރައްޔިތުންނަށް ބަލައިގަންނަކަން ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ހަތަރު ބައި އިލެކްޝަނުގެ ތެރެއިން އެމްޑީޕީން ވާދަކުރި 3 ބައި އިލެކްޝަން އެ ޕާޓީއަށް ކާމިޔާބު ކުރެވިފައިވާތީ އެކަމާއި ގުޅޭ ގޮތުން އެ ދާއިރާތަކުގެ ކެމްޕޭނުގައި އުޅުއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން މަހުލޫފު ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މަހުލޫފު ވިދާޅުވީ މި އިންތިހާބުތަކުގެ ނަތީޖާތަކަކީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް އޮތްކަމުގެ ސާފު ހެއްކެއް ކަމަށެވެ.

މީގެން މި ދައްކުވައިދެނީ ރާއްޖޭގެ އެކި ރަށްރަށަށް އެކި ކަންކޮޅުތަކަށް ރައީސުލް ޖުމްހޫރިއްޔާ މި ގެނެސްދެއްވާ ތަރައްޤީ ރައްޔިތުން ބަލައިގެންފިކަން. ވަރަށް ޔަގީންކަން އެބައޮތް މިދާ ގޮތަށްގޮސް އަންނަ ރިޔާސީ އިންތިހާބުގައިވެސް އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަން"

މަހްލޫފު ވަނީ މިއަދު ބޭއްވި ބައި އިލެކްޝަންތަކުގެ ތެރެއިން އެމްޑީޕީން ވާދަކުރި ލ. ދަނބިދޫ، ރ. ރަސްމާދޫ އަދި ށ. މާއުނގޫދޫގެ ބައި އިލެކްޝަންތަކުގެ ކެމްޕޭނުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

މިފަހުންބައި އިލެކްޝަންތައް ކާމިޔާބުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ޗެއާޕާސަންގެ އިސްނެންގެވުމުގެ މަތިން އެމްޑީޕީން މަސައްކަތުގައި މިހާރު އަޅުގަނޑުމެންނަށް މިވަނީ، ވާދަކުރި 5 ގޮނޑިން 4 ގޮނޑި ލިބިފަ. އެހެންވީމަ ހަތަރެއް އެކަކުން ކުރީގައި މިއުޅެނީ އަޅުގަނޑުމެން"

ފަހަކަށް އައިސް މިބާއްވާ ބައި އިލެކްޝަންތަކުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވުމަށް މަހުލޫފު އެ ރަށްރަށަށް ވަޑައިގެން އަމަލީގޮތުން ބައިވެލައްވާ ދޮރުން ދޮރަށް ހިންގަވާ އެމްޑީޕީގެ ސިޔާސަތުތައް ޕްރޮމޯޓް ކުރައްވައެވެ..

މިއަދު ބޭއްވި ބައި އިލެކްޝަންތަކުގައި ށ. މާއުނގޫދޫ ކައުންސިލުގެ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިމާނާއެވެ. ލ. ދަނބިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ޒިޔާދާއެވެ.

މިއަދު އެމްޑީޕީން ވާދަކުރި އަނެއް ގޮނޑިއަކީ ރ. ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެކެވެ. ރަސްމާދޫ ބައި އިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ސާބިރާ މުހައްމަދެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *