މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނ.މަނަދޫގައި މިއަދު ހަވީރު ޕެރޭޑު ބާއްވައިފިއެވެ.

މިއަދު ހަވީރު ނ. މަނަދޫގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ އިސްމާޢީލް ޝަރީފް ވަނީ ބައްލަވާލައްވާފައެވެ. އަދި، ނ.މަނަދޫގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް މިއަދުގެ ޕެރޭޑު ބައްލަވާލެއްވުމަށް މަގުތަކަށް ނިކުތެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

ނ.މަނަދޫގައި މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައިވެއެވެ. މީގެ އިތުރުން އެރަށުގައި މިރޭ ހަވާއެރުވުންވެސް ކުރިޔަށް ގެންދިޔައެވެ.

ޤައުމީ ދުވަހާ ގުޅިގެން ނ.މަނަދޫގެ އިތުރުން، އެމްއެންޑީއެފުން ހއ. އުތީމާއި ނ.ކެނދިކުޅުދޫއާއި ނ.ވެލިދޫގައި ވެސް ވަނީ ޕެރޭޑް ބާއްވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހަތަރު ރަށެއްގައި ބޭއްވުމަށް ނިންމި ޕެރޭޑުގެ ހަރަކާތްތަކުގެ ތެރެއިން، ނ.މަނަދޫއަކީ މި ޕެރޭޑު ބޭއްވި ފަހު ރަށެވެ.

ވަރަށް ކާމިޔާބުކަމާއެކު މި ހަރަކާތް ނިންމާލެވިފައިވާއިރު، އެ ރަށްރަށުން ސިފައިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔުއްވައި، ވަރަށް ފުރިހަމަ މެހެމާންދާރީއެއް ވަނީ އަދާކުރައްވާފައެވެ. އަދި، ސިފައިން ބޭއްވި ޕެރޭޑްތަކަށް އެ ހަތަރު ރަށުގެ ކުދިބޮޑު އެންމެންގެ ވަރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިގެން ގޮސްފައެވެ.

މި ރަށްތަކުގައި ކުރިއަށްގެންދިޔަ ޕެރޭޑުގައި ހަރަކާތްތެރިވެފައި ވަނީ އެންމެ ފަހުން ދަސްވެނިވުނު 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސިފަައިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *