ކ.ކާށިދޫގެ އިރުން 30 ނމ. ބޭރުން އަޑިއަށްދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް 17:25 ހާއިރު އެމީހާ ވަނީ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ކޯސްޓްގާޑުން މިހާރު ވަނީ އެމީހާ މާލެ ގެނެސްދީފައެވެ.

އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ މިއަދު 10:30 ހާއިރުއެވެ. މި ބޯޓަކީ މިދިޔަ މަހުގެ 8 ވަނަ ދުވަހު ޓުޓްކޮރިން އިން ފުރައިގެން މާލެއައުމަށް ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *