ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޑިސެމްބަރުގެ ނިޔަލަށް ހއ. ހޯރަފުށީގައި ތާރުއެޅުމުގެ މަސައްކަތް ނިމޭނެކަމަށް އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މިމަޝްރޫއުގެ ދަށުން 11 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމަޝްރޫއުގެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ވަނީ ފަށާފައެވެ.

ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މަޝްރޫޢުގެ ދަށުން، 909,25 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި، 909,25 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 909,25 އަކަ މީޓަރުގެ ސަރަޙައްދެއްގައި 40 މިލިމީޓަރުގެ ތާރު އެޅުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، 80.113,11 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ސައިން ބޯޑު ހަރުކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 90.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *