ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ފަތުރުވެރިކަމުގެ ދާއިރާއިން ގާބިލް މީހުން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފިއެވެ.

ފަތުރުވެރިިކަމުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފަތުރުވެރިކަމުގެ ބައިނަލްއަގްވާމީ ބާޒާރުގައި ވާދަވެރިކަން އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން ފަތުރުވެރިކަން ތަރައްގީކުރަމުންދަނީ ރާއްޖެ ނަމޫނާއަކަށް ބަލައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

މިވަގުތު ދިވެހިރާއްޖެ ވާދަކުރަމުން ދަނީ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމާއި ހޮޓެލް ޗެއިންތަކާއިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިވަގުތު އަމާޒަކަށް ވާންޖެހޭނީ ގާބިލް މީހުން ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވި އުސޫލުން ދާއިރާގައި މަސައްކަތްކުރާނެ ދިވެހިންވެސް އުފެއްދޭނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ،

"ކަމަށް އެކަށީގެންވާ ގާބިލް މީހުން ރިޒޯޓްތަކަށް ހޯދުމުގެ ފުރުސަތު ހުޅުވިފައި އޮންނަންވާނެ. ދިވެހިންނަށް ހުޅުވިފައިވާ ދޮރުތައް މިހާރު ވަރަށް ފުޅާ. ގާބިލް މީހުންނާއި ވާދަކޮށް ފުރުސަތު ހޯދުން މިވަނީ ދިވެހިންނަށް ފަހިވެފައި"

ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިންނަށް އަދާކުރާ ރަނގަޅު މެހެމާންދާރީ ދަމަހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރާ ދަތުރުވެރިން ޒަމާނުއްސުރެ ދައްކާ ވާހަކައެއްކަން ފާހަގަކުރައްވައި ދިވެހިންނަކީ އޯގާތެރިކަމުގައި ނަމޫނާ ބައެއްގެ ގޮތުގައި ސިފަކުރާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތް ކުރަންޖެހޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ބްރޭންޑްކަމަށްވާ "ވަން ރިޒޯޓް ވަން އައިލަންޑް" ދޫކޮށްނުލެވޭނެކަމަށާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަކީ އެއީކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *