އާރްޑީސީން އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ

ގަވާއިދާ ހިލާފަށް ފެން ހިންދާނަމަ އެއް މިލިއަން ރުފިޔާއަށް ހަމައަށް ޖޫރިމަނާކުރާނެކަމުގެ އިންޒާރު ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީން ދީފިއެވެ.

އެއޮތޯރިޓީން އާންމުކުރި ބަޔާނުގައިވަނީ ފެނާއި ނަރުދަމާގެ ގާނޫނާއި އިމާރާތްކުރުމާއި ސިނާއި އެހެނިހެން މަޝްރޫއުތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ގަވާއިދާއި ހިލާފަށް ފެން ހިންދަމުންދާކަން ފާހަގަވެފައިވާކަމަށެވެ.

އެއޮތޯރިޓީން ވަނީ ގަވާއިދާއި ހިލާފަށް ނުވަތަ ހުއްދަ ނެތި އެކަން ކުރާނަމަ އެއް މިލިއަން ރުފިޔާއަށް ހަމައަށް ޖޫރިމަނާކުރާނެކަމުގެ އިންޒާރު ދީފައެވެ. އެއީ ދުވާލަކަށް 40،000 ރުފިޔާގެ މަގުންނެވެ. ޖޫރިމަނާ ކުރެވޭނެ އެންމެ ކުޑަ އަގަކީ 5،000 ރުފިޔާއެވެ. އަދި މަސައްކަތް އިތުރަށް ކުރިއަށްގެންދެވޭނީ ޖޫރިމަނާ ދެއްކުމުންކަމަށް އޮތޯރިޓީން ވަނީ ބުނެފައެވެ.

މަގު ހެދުމުގެ މަޝްރޫއުގައި އާރްޑީސީން ފެން ހިންދަމުން ދަނީ ގަވާއިދާއި ހިލާފަށްކަމަށް އާންމު މީހަކު ތުހުމަތުކޮށް ސޯޝަލް މީޑިޔާގައިވަނީ ޕޯސްޓްކޮށްފައެވެ. އެހެންނަމަވެސް މިބަޔާނަކީ އާރްޑީސީން ކުރި ކަމަކާއި ގުޅުވައި އާންމުކުރި ބަޔާނެއް ނޫންކަމަށް އެއޮތޯރިޓީއާއި ހަވާލާދީ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *