ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

"ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަން "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމަށް ބަދަލުކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ގެނައި ބަދަލެކެވެ. "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ވެސް ހިންގަމުން އަންނަނީ ފޮރިން މިނިސްޓްރީގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނެވީ 2022 ސެޕްޓެންބަރު 25 ވީ އާދިއްތަ ދުވަހުން ފެށިގެންނެވެ.

މި ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީ/ނޯޓުގައި ޖައްސަވަމުން ގެންދަވާނީ ނަންބަރު 488 ކަމުގައި ވަނީ ހަމަޖައްސާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *