ހދ. ކުޅުދުއްފުށި

މިއަހަރުގެ ތެރޭގައިވެސް ބޯހިޔާވަހިކަމުގެ އިތުރު 8 މަޝްރޫއެއް ފަށާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިއްސާކުރައްވާ މިއުވާން ވިދާޅުވީ މިހާރުވެސް ބޯހިޔާވަހިކަމުގެ 7 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކޮންޓްރެކްޓް ހަވާލުކޮށް މަސައްކަތް ފެށުމުގެ މަރުހަލާގައި 8 މަޝްރޫއެއްވާކަމަށް މިއުވާން ވިދާޅުވިއެވެ.

"ކުޅުދުއްފުށި، ނޮޅިވަރަމްފަރު، ތުޅާދޫ، ވިލުފުށި، ތިމަރަފުށި އަދި ކޮޅުފުށީގައި މިވަގުތުވެސް ހައުސިން މަޝްރޫއުތައް އަންނަނީ ކުރިއަށް ގެންދަމުން"

މީގެ އިތުރުން މިއުވާން ވަނީ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ބޭރުން ބައެއް ސާމާނު ގެނައުމުގައި ދަތިތަކެއް ކުރިމަތިވާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ބައެއް މަޝްރޫއުތަކުގެ ޓައިމްލައިންތަކަށް ބަދަލުތަކެއް އައިކަމުގައިވިޔަސް، ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ކުރިއަށްދާކަމުގައި ވިދާޅުވިއެވެ.

1
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *