ގއ. ކޫއްޑޫގައި ހުރި މިފްކޯގެ އިމާރާތެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
އޭނާ ވެއްޓުނީ މިފްކޯގެ އިމާރާތެއްގެ ޓިނު ބަދަލުކުރަން އުޅުމުގެ ތެރޭގައެވެ. އެމީހާއަކީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން އަންނަނީ ގއ. ވިލިގިލީ ހޮސްޕިޓަލްގައެވެ.
އިތުރުފަރުވާއަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.