އާ ރަންވޭގައި ފުރަތަމަ ޖެއްސި ބޯޓު - ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ އާއި ސީޕްލޭން ޓާމިނަލް 6 އޮކްޓޫބަރުގައި ރަސްމީކޮށް ހުޅުވަން ހަމަޖެހިއްޖެއެވެ.

އާ ރަންވޭއަކީ ކުރީ ސަރުކާރުން 2018 ގައި ކުރީ ސަރުކާރުން ރަސްމީކޮށް ހުޅުވި ރަންވޭއެއް ނަމަވެސް އެ ރަންވޭ އޮތީ ބޭނުން ނުކޮށެވެ. އެމްއޭސީލް އިން ބުނެފައިވަނީ އެ ރަންވޭ ބޭނުން ކުރުން ލަސްވީ ސީޕްލޭން ޓާމިނަލް ބަދަލުކުރުމުގެ މަސައްކަތް އޭރު ކުރިޔަށްދާތީ ކަމަށެވެ.

އޭ 380ގެ މަތިންދާބޯޓުތަކަށް ޖެއްސޭ ގޮތަށް އަލަށް ހެދި ރަންވޭއަކީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭއެކެވެ.  މި ރަންވޭ ބޭނުން ކުރަން ފެށުމުން މިހާރު ބޭނުން ކުރަމުން އަންނަ ރަންވޭ ބޭނުން ކުރާނީ ޓެކްސީ ވޭއަކަށެވެ.

ކުރީ ސަރުކާރުން އާ ރަންވޭ ހުޅުވި ރަސްމިއްޔާތުގައި އާ ރަންވޭގައި ފުރަތަމަ ޖެއްސި އިއްތިހާދު އެއާވޭސްގެ  އޭ380 މަރުކާގެ މި ބޯޓެކެވެ. ދިވެހި ޕައިލެޓަކުން ދުއްވި އެ ބޯޓަކީ، ސާފް ޗެމްޕިއަންޝިޕް 2018 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން ޤައުމީ ޓީމު ގޮވައިގެން ރާއްޖެ އައި ބޯޓެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލަކީ ޖުލައި މަހުން ފެށިގެން ބޭނުން ކުރަމުން އަންނަ ތަނެކެވެ. މި ޓާމިނަލަކީ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *