ޕްރައިވެޓް ކުންފުނިތަކަށް ހާއްސަކޮށްގެން މޯލްޑިސް ސްޓޮކް އެކްސް ޗޭންޖުުން ތައްޔާރުކުރި 'ވިޔަނަ' ފޯޓަލް އިފްތިތާހު ކޮށްފިއެވެ.
މިއީ ޕްރައިވެޓް ކުންފުނިތައް ޕަކްލިކް ކުންފުންޏަކަށް ބަދަލުނުކޮށް ސެކިއުރިޓީޒް ދޫކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތު ކުންފުނިތަކަށް ހޯދައިދިނުމަށް ތައާރަފް ކުރި ޕޯޓަލެކެވެ.
'ވިޔަނަ' ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންގެ ސީއީއީ އައުޝަން ލަތީފް ވިދާޅުވީ 'ވިޔަނަ' ޕްލެޓްފޯމަކީ ކެޕިޓަލް މާކެޓަށް ގެނެވުނު އިންގިލާބީ ބަދަލެއް ކަމަށެވެ. އަދި މި ޕޯޓަލްގެ ސަބަބުން ވިޔަފާރިތަކަށް ފައިނޭންސް އާއި އިންވެސްޓްމެންޓްގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
'ވިޔަނަ' މެދުވެރިކޮށް ޕްރައިވެޓް ސެކިއުރިޓީޒް ސެގްމެންޓުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ޕްރައިވެޓް ކުންފުނިތަކަށް ލިބޭނެއެވެ. އަދި އެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގެ ފުރަތު އެހެން އިންވެސްޓަރުންނަށް ލިބޭނެއެވެ.