"ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ ވިމަންސް ޗެމްޕިއަންޝިޕް 2022" ގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމު މިރޭ ކުޅުނު މެޗު ބައްލަވާލެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަޑައިގަންނަވައިފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިޔަށްދިޔަ މި މެޗުގައި ރާއްޖޭގެ އަންހެން ޓީމުން ވާދަކުރީ އެންމެ ފަހުގެ ޗެމްޕިއަން ކަމުގައިވާ ސްރީލަންކާއާއެވެ.

މީގެ ކުރިން މި މުބާރާތުގައި ރާއްޖެ ނިކުތީ ނޭޕާލާއި ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.

މި މުބާރާތް ފެށުމުގެ ކުރިން ނައިބު ރައީސް ފައިސަލް ނަސީމް އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ގައުމީ އަންހެން ބާސްކެޓް ޓީމުގެ ކުޅުންތެރިންނާއި ބައްދަލު ކުރައްވާ ހިއްވަރު ދެއްވާފައެވެ.

އެ ދެބޭފުޅުން ވަނީ މި މުބާރާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދަ އަޅައި މަސައްކަތްކުރުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ހިތްވަރުދެއްވާ މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ގެންދަވަނީ ޓީމުގެ ކުޅުން ކުރިޔަށްދާ ގޮތްބައްލަވާ ޓީމުގެ އިސްވެރިންނާއި މަޝްވަރާކުރައްވާ ހުރިހާ ކުޅުންތެރިންނަށް ކާމިޔާބަށް މަސައްކަތްކުރުމަށް ހިތްވަރު ދެއްވަމުންނެވެ.

ސާބާގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތް 2022 ކުރިޔަށްދާނީ ސެޕްޓެންބަރު 25–30 އަށް ސޯސަލްސެންޓަރުގައެވެ. މިއީ ބައިނަލްއަޤްވާމީ އަންހެން ބާސްކެޓް ބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމުން ވަނީ ތައިލޭންޑާއި އިންޑިއާގައި ކޭމްޕްކޮށް ފަރިތަކުރުންތައް ބާއްވާފައެވެ.

ރާއްޖޭން ރަންމެޑަލް ހޯދަން އަމާޒު ހިފާފައިވާ މި މުބާރާތުގައި ދެން ވާދަކުރާ ގައުމުތަކަކީ ސްރީލަންކާ، ބަނގްލަދޭޝް، ބޫޓާން އަދި ނޭޕާލެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *