ކ. ގުރައިދޫ

ކ.ގުރައިދޫ މިސްކިތަށް ދާއިމީ އިމާމަކު ހަމަޖެހުން ލަސްވެފައިވަނީ ވަޒީފާއަށް އިއުލާންކޮށް އިންޓަވިއު ކުރި ފަރާތްތަކުގެ ތެރެއިން ދެފަރާތަކުން ސިވިލް ސާވިސް ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާއާއި ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސިވިލް ސާވިސް ކޮމިޝަނުން އެމައްސަލަ ބެލުމަށްޓަކައި ގުރައިދޫ މިސްކިތުގެ ދާއިމީ އިމާމް ކަމުގެ ވަޒީފާއަށް މީހަކު ނެގުމުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެމައްސަލައިގައި ނިންމަވާފައިވާ ގޮތެއް އަދި އަންގާފައި ނުވާ ކަމަށްވެސް  މިނިސްޓްރީން ބުނެއެވެ.

މިކަމާއި ގުޅިގެން މިއަހަރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނަށް އެކި ގޮތް ގޮތުން މުއާމަލާތްކޮށް ސިޓީ ފޮނުވިފައިވާނެކަމަށާއި، މިކަމާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ކ.ގުރައިދޫ ކައުންސިލާއި ހިއްސާކޮށްފައިވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *