ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އަކްރަމްގެ މައްޗަށް ސުލޫކީ މައްސަލަ، ސާބިތު ނުވާ ކަމަށް ޖުޑިޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން އަކްރަމާއި ގުޅޭ ގޮތުން ބެލި މައްސަލައަކީ އޭނާ ހުކުމް ކުރެއްވި މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓް ދޫކުރި ފަހުން އެ ރިޕޯޓަށް ނަދަލުގެނެސް ބައެއް ނުކުތާތައް އިތުރުކުރި ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެވެ.

އެ ކޮމިޝަނުން ބުނީ އަކުރަމްގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ ތަޙްޤީޤު ކުރެވި އެމައްސަލަ ސާބިތުނުވާ ކަމަށް ނިންމީ ސެޕްޓެންބަރު 25 ވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ 66 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

އަކްރަމްގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2020 އޮކްޓޯބަރު 28 ވަނަ ދުވަހު ވަނީ ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް އޭނާއަށް ނޯޓިސްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *