ކުރީގެ އިސް މެޖިސްޓްރޭޓެއްގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާއްގައި ބުނެފައިވަނީ، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަހުމަދު ސައީދު އަލީއާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަހުމަދު ސައީދު އަލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތުނަގާކަމަށް ބުނާ މައްސަލަ ޖޭއެސްސީން ތަހުޤީޤު ކުރަމުންދަނިކޮށް، އިސްތިއުފާދީފައިވާކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ އަހުމަދު ސައީދު އަލީ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދިނުމުން ޖޭއެސްސީން ތަހުގީގު ކުރެވެމުންދިޔަ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތުމުން އެ ތަހުގީގު ހުއްޓާލާ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މިމައްސަލަ ޖޭއެސްސީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުގެ ޖަލްސާއިން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *