ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުއަތުލުން ބާއްވައިފިއެވެ.

އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ރޭ ވަނީ ބާއްވާފައެވެ. "ބްލޫ ރިޖް"ގެ ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓް ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.

މިއެޕާޓްމަންޓްތަކުން މިހާތަނަށް ނުވިކި ހުރީ 1+2 ގެ 16 ޔުނިޓާއި، 1 ކޮޓަރީގެ 16 ޔުނިޓެވެ. އަދި މީގެ ކުރިން 1 ކޮޓަރީގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާއި ގުޅިގެން، 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ވަނީ ގުރުއަތު ނަގާފައެވެ.

މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 1 ކޮޓަރީގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބިއިރު 1+2 ކޮޓަރީގެ ޔުނިޓްތަކަށް ޝަރުތުހަމަވެފައިވަނީ 235 ސްޓާފުންކަމަށް ސްޓެލްކޯއިން ބުނެއެވެ. މި ޔުނިޓްތަކަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން ޝަރުތުހަމަވާ މުވައްޒަފުންގެ ލިސްޓެއް 25 ސެޕްޓެމްބަރުގައި  އާންމުކޮށްފައިވާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

ދެ ކެޓަގަރީއަށްވެސް ވަކިވަކިން ގުރުއަތު ނަގާފައިވާއިރު، ހޮވުނު ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކަށް ލިބޭ ޔުނިޓްވެސް ގުރުއަތުން ވަނީ ނަގާފައެވެ. އަދި ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ވަނީ ނަގާފައެވެ.

ގުރުއަތުނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ މިއީ އެއްބަޔަކަށް އުފާވެރި ރެއަކަށް ނުވިނަމަވެސް ހިތްހަމަޖެހުން ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. އެ ހިތްހަމަ ޖެހުން ލިބެނީ ދެފުށް ފެންނަ، އެއްވެސް އޮޅުވާލުމެއްނެތި އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެންދާތީކަމަށް ވިދާޅުވިއެވެ.

0
0
2
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *