ސީއެޗްއެސްއީގެ ދަރިވަރުންތަކެއް/ ފޮޓޯ: ސީއެޗްއެސްއީ

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީން) ދެގުނަ އިތުރު އަދަދަކަށް ދަރިވަރުންނަށް އަންނަ އަހަރު ފުރުސަތު ލިބޭނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސީއެޗްއެސްއީގެ އާ އިމާރާތުގެ މަސައްކަތް އަންނަ މާޗްމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭއިރު ސީއެޗްއެސްއީން މިޙާރު ފުރުސަތު ލިބޭ މިންވަރަށްވުރެ ދެގުނަ އިތުރު އަދަދަކަށް ދަރިވަރުންނަށް ފުރުސަތު ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭލެވެލް ނުވަތަ 11،12 ކިޔަވާ ދަރިވަރުންގެ ފީއާއި ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރ ވަނީ ސީއެޗްއެސްއީ އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހިލޭ ކިޔެވޭކަން ފާހަގަކުރައްވާފައެވެ. އޭލެވެލްއަށް ކިޔެވުމަށް ފީއެއް ނަގަމުންދަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންކަމަށާއި އެކަމާއި ގުޅޭ މަޝްވަރާ ފިނޭންސް މިނިސްޓްރީން ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ހުރިހާ ސްކޫލެއްގައި އޭލެވެލް ތައާރަފްކުރުމަކީ ފަސޭހަ ކަމެއްނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، އޭލެވެސް ތައާރަފްކުރާއިރު ފެންވަރު ރަނގަޅު މުދައްރިސުންނާއި، ރަނގަޅު ފެންވަރެއްގެ ލެބޯޓްރީތައް ފޯރުކޮށްދޭންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *