އެމްއެންޕީގެ ކޮންވެންޝަންގެ ތެރެއިން

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމްގެ)މެމްބަރުން "ވަގަން ގެންދާ" ކަމުގެ ތުހުމަތު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވަނީ އިލެކްޝަންސް ކޮމިޝަނާއިމެދު އާންމުންގެ މެދުގައި އޮތް އިތުބާރު ދަމަހައްޓަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ޕީޕީއެމްއިން އެޕާޓީގެ މެމްބަރުން ގެއްލެމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްއެންޕީ ފަދަ ކުދި ޕާޓީތަކުން ޕީޕީއެމްގެ މެމްބަރުން ކަހާލަމުންދާކަމަށެވެ. ބޮޑެތި ޕާޓީތަކުގެ މެމްބަރުން އެޕާޓީއަށް ވަގަށް ގެންދިޔުމަކީ އެމްއެންޕީގެ އެޖެންޑާއެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީން ބޮޑު އިންސައްތައެއް އެބައޮތް އެޕާޓީގަ. އިލެކްޝަންސްގެ ތެރެއިން ކުރާ ކަމެއް އެއީ. އަޅުގަނޑުމެން ތަކުރާރުކޮށް މިކަމުގައި އީސީއާއި ބައްދަލުކުރަން."

މީގެ އިތުރުން އެޕާޓީން ހުށަހަޅާފައިވާ ފޯމުތަކުގައި ޖަހާފައިވާ އެޑްރެސް ދިމާނުވުން ފަދަ މައްސަލަތަކާއި ހެކިވެރިންގެ ގޮތުގައި ވުޖޫދުގައި ނެތް މީހުންގެ ނަންތައް ޖަހާފައިވުންފަދަ މައްސަލަތައް ހާމަވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. މިގޮތަށް ޕާޓީ ހިންގަން ދޫކޮށްލައިގެން ތިބޭނަމަ ޕާޓީތަކުގެ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެމްއެންޕީން ވަނީ ޕާޓީ އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ 10،000 މެމްބަރުން ހަމަކޮށްފައެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށްވެސް އެޕާޓީން ވަނީ އިއުލާންކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *