ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ބޮޑު ތިލަދުންމަތި އާރްޓީއެލް ފެރީން ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބޮޑުތިލަދުންމަތީގައި އޮތް އެންމެ ދިރުންހުރި އެއް އިގްތިސާދަކީ އިހަވަންދޫކަން ފާހަގަކުރައްވާފައެވެ. އަންނަ އަހަރު މަސް ގަންނަ މަރުކަޒެއް ތަރައްގީކުރައްވާނެކަން ފާހަގަކުރައްވައި އިހަވަންދުއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ޙައްލުކޮށްދިނުމަށްވެސް ރައީސް ވަނީ ވައުދެވެވަޑައިގެންފައެވެ.

"މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެ މަސައްކަތް އެބަ ހިންގަވާ. ބިން ދަތި ރަށްރަށަށް، ޖުމްލަ 43 ހެކްޓަރުގެ ބިން އިތުރުކުރުމުގެ ތަފާތު މަޝްރޫޢުތައް މި ސަރަޙައްދުގައިވެސް އެބަ ހިނގާ"

މީގެ އިތުރުން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު އިތުރަށް ތަރައްގީކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ސޭލާ ހުއްޓިފައި އޮތުމަކީ، ބަނދަރެއްގެ ނަމުގައި ކުރެވޭ އިސްރާފެއް. އެ ބަނދަރުން ގިނަ މުދާ ބަނދަރުވި ވަރަކަށް ޢާންމު އާމްދަނީއާއި، ކުދި ވަތްގަނޑުތަކާއި، ވިކުރާ ހިނގުން އިތުރުވާނެ."

ރައީސް ވަނީ ކުޅުދުއްފުށީ ބަނދަރަށް ގެންނަންޖެހޭ ބަދަލު ނުފެށި، އިޤްތިޞާދީ ދުޅަހެޔޮކަމެއް ނުފެންނާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާއެކު، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ބޭލޭ މުދާ އިތުރުވެފައިވާކަން ފާހަގަކުރައްވާ ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު އިތުރަށް ތަރައްޤީ ކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *