މިފެންނަނީ މިއަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު އަރިއުތުރު އުކުޅަހުގައި އެމަނިކުފާނު ހާމަކުރެއްވި ބަސްތަކުގެ، ޢަމަލީ ތަރުޖަމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ފެރީގެ ނިޒާމް "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ޒޯން 1 ގައި ރަސްމީ ގޮތުން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އުކުޅަހުގެ އެދުވަހާ، ދިއްދޫގެ މިދުވަހާ ދެމެދު، އަދި ކިރިޔާމިވީ އެންމެ 4 މަސް ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރަޙައްދުގެ 41 ރަށް އަމުނާ، ގަތާ، ބަދަހިކުރަމުންދާ، އާރުޓީއެލްގެ ރޫޓް ތަކުން އެފެންނަނީ، މިދެންނެވި ހަމަހަމަކަން ކަމަށާ އެދުވަހުވެސް، އަދި މިއަދުވެސް ދަންނަވަން އޮތީ، ހަމަ އެވާހަކަ ކަމަށެވެ. އެއީ މީސްކޮޅު މަދުވެ، ވަޞީލަތްތަށް އުނިވެ، ދުރުގާ އެކަހެރިވެ އޮތް ގާމަތީ ފެންލޮނު ރަށެއް، މިރާއްޖޭގާ ނޯންނާނެ ވާހަކަ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ޚާއްސަކޮށް އާރްޓީއެލްގެ ޚިދުމަތަށް ސަރުކާރުން ގެންނަ ބަދަލުތަކަކީ އިޖްތިމާޢީ، އިޤްތިޞާދީ، އަދި ޢުމްރާނީ އިންޤިލާބެއް ގެނުވާނެ ބަދަލުތަކެއްކަމަށެވެ. ރައީސް ވަނީ ހުރިހާ ރަށެއްގެ ކަރަންޓު ފޯރުކޮށްދިނުމާއި މަގުހެދުމާއި ބަނދަރުހެދުމާއި ފެނާ ނަރުދަމާގެ ޚިދުމަތަކީ ހަމަ އެކަނި އަސާސީ ޚިދުމަތެއްގެ ގޮތަކު ނުދެކޭކަން ފާހަގަ ކުރައްވާފައެވެ. އަދި އެޚިދުމަތްތައް ފުރިހަމަ ވުމަކީ، ޖަޒީރާ ދިރިއުޅުމަށް، އިޤްތިޞާދީ ތަނަވަސް ކަމުގެ ދިރުން ގެނުވާނެ އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބިންދަތި ރަށް ރަށަށް، ޖުމްލަ 43 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ، ތަފާތު މަޝްރޫޢުތައް މިސަރަހައްދުގައިވެސް، އެބަ ހިނގާ. އަދި ވަކިން ޚާއްޞަކޮށް މި ސަރަހައްދުގައި އޮތް އެންމެ ދިރުންހުރި އެއް އިޤްތިޞާދަކީ އިހަވަންދޫ، އިހަވަންދޫ އަށް ދިމާވެފައިވާ، ބަނދަރާ ބިމުގެ ދަތިކަން ހައްލުކޮށްދޭން ޖެހޭ މިދެންނެވި ދެމަޝްރޫޢު އިހަވަންދޫގާ އެދަނީ ހިނގަމުން އަދި އިރާދަކުރެއްވިއްޔާ، މިސަރަޙައްދުން މަސްގަންނަ މަރުކަޒުގެ މަސައްކަތް ، އަންނަ އަހަރު އިހަވަންދޫގާ ފެށޭނެ."

ރައީސް ވިދާޅުވީ ރަށްތައް ގިނަޔަސް، އުޅަނދު ތަކުގެ އަދަދު މައްޗަސް، މިކަމުގާ ފަސްޖެހި ލަސްކުރެވެން ނެތް ކަމަށެވެ. .ސަބަބަކީ ބޮޑުތިލަދުންމައްޗަށް ގެނެވުނު މިބޮޑު ބަދަލު، ހަމަހަމަ ކަމާއެކު، މުޅިރާއްޖެއަށް ނުގެނެސް، މާނަވީ ބަދަލެއް، ރާއްޖެއަށް އަންނާން ނެތުން ކަމަށެވެ.

ރައްޔިތުން ފުދުންތެރި ވެވޭނީ ހެލިފެލިވެ ފުރާ ދުއްވިގެން ގޮސް އައިސް ވެވިގެން ކަމަށާ އާރުޓީއެލްގެ ޖީބަށްލުއި، އަރާމު ބާރު ދުވެއްޔަކީ، އިޤްތިޞާދީ ޙަރަކާތް އެތައް ގުނައެއް އިތުރުވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *