ބޮޑުތިލަދުންމައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެސަރަހައްދުގައި އެމްޓިސީސީން ދެމުންގެންދާ އާރްޓީއެލް ފެރީގައި ދިއްދޫއަށް ވަޑައިގެންފިއެވެ.

ރައީސް އާއެކު އަރިހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ އެމްޑީ އަދި ސީއީއޯ އާދަމް އާޒިމްގެ އިތުރުން ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ހއ. އުތީމުން އެއަތޮޅު ދިއްދޫއަށް އާރްޓީއެލް ފެރީގައި މި ވަޑައިގެންނެވީ، އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބާއްވާ ޚައްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށެވެ.

ރައީސް ދިއްދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ރައީސަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އާރްޓީއެލް ފެރީ ނިޒާމަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ފަސޭއިން ހެޔޮ އަގުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށަފައިވާ މަޝްރޫއެކެވެ.

އެމްޓިސީސީން މިހާތަނަށް އާރްޓީއެލް ފެރީގެ ހިދުމަތް އިފްތިތާހް ކޮށްފައިވަނީ ހއ އަތޮޅާއި ހދ އަދި ށ އަތޮޅުގައެވެ. ޒޯން އެކެއްގައި ހިމެނޭ މި ތިން އަތޮޅުގެ ހުރިހާ ރަށަކަށް ފެރީގެ ހިދުމަތް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ފެރީގެ ނިޒާމުން ތިން ޒޯނަކަށް ބަހާލާ ހަ ރީޖަނެއްގައި ހިދުމަތް ދިނުމަށް ސަރުކާރުގެ ނޭޝަނަލް ސްޕެޝަލް ޕްލޭން 2020-2040 ގައި ހިމަނާފައިވެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *