ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުން 2.4 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މިހާތަނަށް 2.4 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތާއި ހަމައަށް 3.6 ބިލިއަން ރުފިޔާގެ ލޯނު ދައުލަތުން ދައްކާފައިވެއެވެ.

ފިނޭންސް  މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތުން ކޮށްފަިއވާ ހަރަދުތައް 22.5 ބިލިއަން ރުފިޔާއަށް އަރައެވެ.  މި އަހަރުގެ މިހާތަނަށް އައިއިރު ދައުލަތުން އާމްދަނީގެ ގޮތުގަ19.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އޭގެ ތެރޭގައި ތަރައްޤީގެ  މަޝްރޫއުތައް ހިންގުމަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމަށް  ހަރަދުކުރި 4.8 ބިލިއަން ރުފިޔާ އާއި މަޝްރޫއުތަކަށް 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 4.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އަދި އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ޙަރަދުގެ ގޮތުގައި ހިމެނޭ 11.3 ބިލިއަން ރުފިޔާއާއި ގްރާންޑް އާއި ސަބްސިޑީ އަދި އާސަންދަ ހިދުމަތަށް ދައުލަތުން ހަރަދު ކުރި 5.7 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މިހާތަނަށް މުސާރައާއި އިނާޔަތް އަދި ޕެންޝަނަށް 7.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ދައުލަތުގެ ދަރަނި ދެއްކުމަށް ދައްޗެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާއާއި ގާތްކުރެއެވެ. މިސަރުކާރުން މިހާތަނަށް 2.4 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *