ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މ. މުލީ ހުދު ފިނިފެންމާގެ މުހައްމަދު ނަޝީދު ނިޔާވި މައްސަލަ އެޗްއާރްސީއެމުން ބަލަން ފަށައިފިއެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓާ ނަޝީދު މަރުވި މައްސަލަ އެޗްއާރްސީމަށް ހުށަހެޅީ އޭނާގެ އާއިލާއިންނެވެ.

އޭނާގެ އާއިލާއިން ތުހުމަތު ކުރާ ގޮތާއި ނަޝީދު މަރުވީ  ކަރެކްޝަންގެ އިހުމާލުންނެވެ. އެ މައްސަލައިގައި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކުރިމިނަލް ކޯޓުންނެވެ.

ނަޝީދު މަރުވީ މިމަހުގެ 15 ވަނަ ދުވަހެވެ. ފުލުހުން ބުނީ ނަޝީދު ނޭވާ ނުލާތީ އެކަން ޕްރިޒަން އޮފިސަރުންނަށް އެންގީ އޭނާ އާއި އެއް ގޮޅިއެއްގައި ހުރި ބަންދުމީހެއް ކަމަށެވެ.

އަދި މާފުށީ ޖަލުގައި ހުންނަނ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދިން ނަމަވެސް ނަޝީދު ނޭވާ ނުލާތީ އެ ދުވަހުގެ 17:26 ހާއިރު އޭނާ މަރުވި ކަމަށް ޑޮކްޓަރ ކަނޑައަޅާފައިވާކަމަށެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *