މަޝްހޫރު ދީނީ އިލްމްވެރިޔާ، ޝައިޚް ޑރ.ޔޫސުފް ޤަރަދާވީ އަވަހާރުވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ޤަރަދާވީގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ

އިސްލާމިކް މިނިސްޓަރ ވިދާޅުވީ  އަލްޤަރަދާވީ އަކީ  މިއަދުގެ އެންމެ މަތީ ދަރަޖައިގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރުގެ އިތުރު ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމުވެސް ވަނީ ޤަރަދާވީ ނިޔާވުމާއި ގުޅިގެން ތައުޒިޔާ ކިޔުއްވާފައެވެ.

ނުފޫޒުގަދަ މުސްލިމް ދީނީ ލީޑަރު ޔޫސުފް އަލް ޤަރަދާވީ އަވަހާރަވީ އުމުރުން 96 އަހަރުގައި ގަތަރުގައެވެ.

އަލްޤަދާވީ އަކީ އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލަރަސްގެ ޗެއާމަނެވެ. އަދި މުސްލިމް ބްރަދާހުޑްގެ ރޫހާނީ ލީޑަރެވެ.

ސުންނީ މުސްލިމުގެ މެދުގައި މަގުބޫލު ޤަރަދާވީ އަކީ މިސްރަށް ނިސްބަތްވެވަޑައިގަންނާ ބޭފުޅެކެވެ. އެހެންނަމަވެސް ދިރިއުޅުއްވީ ގަތަރުގައެވެ.

ޤަރަދާވީ އަކީ ދީނީ ހޭލުންތެރިކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ދީނީ ޕްރޮގްރާމްތައް ހުށަހަޅުއްދެއްވާ ދީނީ ފޮތްތައް ލިޔުއްވިާފައިވާ ބޭފުޅެކެވެ.  އަލް ޤަރަދާވީގެ ހުށަހެޅުއްވި ޓީވީ ޕްރޮގްރާމްތަކުގެ ތެރެއިން "ޝަރީއާ އެންޑް ލައިފް" ގެ ނަމުގައި އަލްޖަޒީރާއިން ގެނެސްދިން ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. އެ ޕްރޮގްރާމްގައި ޤަރަދާވީ ވަނީ ބައިނަލްއަގްވާމީ ސިޔާސީ މަޝްރަހާއި ގުޅޭ މައްސަލަތަކަށް އޮތް ހައްލުތަކަށް ދީނީ ނަޒަރަކުން ބައްލަވާލައްވާފައެވެ.

އަލް ޤަރަދާވީ އަކީ މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވި ރައީސް މުހައްމަދު މުރްސީ ގެ ވެރިކަން2013 ވަނަ އަހަރު ވައްޓާލި ބަޣާވާތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *