ޖަނާޒާގައި ޝާހިދުގެ އިތުރުން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވޑައިގެންނެވި

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންނެވިއިރު، ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޙަސަން ޞާބިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި މިޖަނާޒާގައި ޤައުމުތަކުގެ ލީޑަރުންނާއި އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި އަބޭއަށް އަމާޒުކޮށް މީހަކު ދިން ބަޑީގެ ހަމަލާއެއްގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *