ރައީސުލްޖުމްހޫރިއްޔާ ނައިވާދޫގެ ފެނުގެ ނިޒާމު އިފްތިތާހް ކޮށްދެއްވަނީ - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ހދ. ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްފިއެވެ.

ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނައިވާދޫ ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑާއެވެ. މިކުންފުންޏާއި މަޝްރޫއު ހަވާލުކޮށްފައިވަނީ 15،398،304.77 ރުފިޔާއަށެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް އޮކްޓޫބަރު 2019ގައި ފަށައި ނިންމާލާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމާއެކު 4.5 ކިލޯމީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އަޅައި، ދުވާލަކު 40 ޓަނުގެ ފެން އުފައްދާ ދެ އާރް.އޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ. އަދި ފެެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާންގިއާއި ވާރޭފެން ރައްކާ ކުރުމަށް 150 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފައެވެ.

މިމަޝްރޫއު ނިމުމާއެކު 198 ގޭބީސީ އަށް ސާފުބޯފެން މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ. މިހާރު ފުރާޅުން ނަގާ ފެން ފިލްޓަރކުރެވިގެން އެރަށު ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ފެނުގެ ނިޒާމް ބޭނުންކުރަން ފެށުމާއެކު މީގެ ކުރިން ބޭނުންކުރަމުންދިޔަ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރުން ނިމުމަކަށް އައިސްފައިވާކަމަށް ސަރުކާރުން ބުނެއެވެ. އަދި ފެން ނުލިބުމުގެ ސަބަބުން ކުރިން ދިމާވަމުންދާ ދަތިތަކަށްވެސް މިހާރު ހައްލު ލިބިގެން ގޮސްފައިވާކަމަށް ސަރުކާރުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *