އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު

ހެއްކާއިބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ މިހަފްތާ ތެރޭގައި އިސްލާހު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެކަމަށެވެ. އިސްލާހުތައް ގެނެސްފައިވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާޒް ގިލްޑް (އެމްއީޖީ) އަދި ކަމާއި ބެހޭ އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހުގައެވެ.

މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ހެއްކާއި ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތުދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒްމްގެ ކުށްތަކާއި ގައުމީ ސަލާމަތާއި ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ބަޔާންކޮށްފައިވާނެކަމަް އޭޖީ އޮފީހުން ބުނެއެވެ.

އެގޮތުން ގައުމީ ސަލާމަތާއި ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލިލާށް، މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުން ކުރިމަތިކުރުވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައްކަމާއި ޓެރަރިޒްމްގެ ކުށްތަކަކީ ޓެރަރިޒްމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒްމްގެ ކުށްތައް ކަމަށް ގާނޫނުގައި ކަނޑައެޅުމަށާއި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުންކަމަށް ކަނޑައެޅުމަށް އިސްލާހު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

މިހާރު ގާނޫނުގައި އޮތް ގޮތުން  ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެ އެވެ. މިގޮތަށް މަސްދަރު ހާމަކުރުމަށް އެދި ދައުލަތަށާއި ދައުވާ ލިބޭ މީހާއަށް ވެސް ހުށަހެޅޭނެ އެވެ. އެ ހުށަހެޅުން ދަށު ކޯޓުތަކަށް ވެސް ހުށަހެޅޭނެ އެވެ. ގާނޫނަށް އަމަލުކުރުމަށް ފަށާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ބްރޯޑްކާސްޓިން އެވޯޑް ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނޫސްވެރިން ކަންބޮޑުވާ ހެއްކާބެހޭ ގާނޫނު އަލުން އިސްލާހު ކުރުމަށް ނިންމަވައިގެން ހުންނެވިކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *