ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގެ މަސައްކަތުގައި -- ފޮޓޯ: ވަން އޮންލައިން

މާލެ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމުމުން، ވެމްކޯގެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރުއޮތުމުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމާ ކައުންސިލްގެ ހަރަދުގައި އެމަސައްކަތް ކުރާނަމަ މިހާރަށްވުރެ ހަރަދުކުޑަ ގޮތެއްގައި އެކަން ކުރެވޭނެކަމަށް ބުނެފައެވެ. މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަ

ށުން މާލެ އަދި ވިލިމާލޭގެ މައިޒާންތަކާއި މަގުތައް ފޮޅައި ސާފުކުރުމަށް ކައުންސިލުން ވެމްކޯއަށް މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ހަރަދުކުރަންޖެހެއެވެ. ނަމަވެސް ކައުންސިލުން އަމިއްލައަށް އެމަސައްކަތް ކުރާނަމަ ހަރަދުކުރަންޖެހޭނީ މަހަކު 1.5 މިލިއަން ރުފިޔާކަމަށް ކައުންސިލުން އަންދާޒާކުރެއެވެ. މިއާއެކު ވެމްކޯ މުވައްޒަފުން އަންނަނީ އެމީހުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރާއެކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރޮޒައިނާ ވަނީ ވެމްކޯގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކީ އެކަނިވެރި މައިންކަން ފާހަގަކުރައްވައި ސިޓީ ކައުންސިލް އުފެއްދީ މިފަދަ ކަންކަންކުރުމަށް ނޫންކަމަށް ވިދާޅުވެފައެވެ.

"ކޮންމެ ކަމެއްގައި އެންމެ ނިކަމެތިކޮށް އުޅޭ އަންހެނުންނަށް މިޓާގެޓްކުރަނީ ކޮން މޮޅެއް ހޯދަންތޯ؟"

ފާޑުކިޔުންތަކާއެކު މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވަނީ ކައުންސިލްގެ އެ ނިންމުމުގެ ސަބަބުން ވެމްކޯގެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ވެމްކޯ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދިޔަ ނުދޭނެކަމަށްވެސް ވިދާޅުވިއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *