އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވަނީ

މުޅި އުމުރު ޕާޓީގެ ލީޑަރޝިޕްގައި ހުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)ން އެއްވެސް މީހަކަށް ފުރުސަތު ލިބިގެންނުދާނެކަމަށް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕާޓީގެ ފުރަތަމަ ކޮންވެންޝަން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ފެންނަނީ އަމިއްލަ މަސްލަހަތު ހިފެހެއްޓުމާއި ވަކި ބައެއްގެ މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރާ މަންޒަރުކަމަށެވެ. އެމްއެންޕީން އެސަގާފަތް ބަދަލުކުރުވާނެ ކަމަށާއި ޕާޓީގެ ރައީސްކަން ކުރެވޭނީ ގިނަވެގެން ދެ ދައުރުކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޕާޓީގެ އަމާޒަކީ ޒުވާނުން ޕާޓީގެ ލީޑަރޝިޕަށް ނެރެ ރާއްޖޭގެ ސިޔާސީ މައިދާނުން ގިނަ ބަޔަކަށް ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. އަދި ގައުމާއި ޕާޓީ ހިންގޭނީ އެގޮތަށް އަމަލުކޮށްގެންކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަމިއްލަ ގޮތްތައް އިސްކުރުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލު. މަޝްވަރާތަކުގައި އިސްކުރާނީ ރައްޔިތުންގެ މަސްލަހަތު. މިއީ ހަމައެކަނި ބުނެލާ ވާހަކައެއް ނޫން. އަޅުގަނޑުމެން ކަންކުރާނެ ގޮތް މިކޮންވެންޝަން ތެރެއިން ފެނިގެންދާނެ"

މީގެ އިތުރުން ނާޒިމްގެ ވާހަކަފުޅުގައި، އެމްއެންޕީން މިހާތަނަށް ކުރި ދަތުރުތަކުގައި ދިވެހިންގެ ފުދުންތެރިކަން ނެތްކަމާއި ފުދުންތެރިކަން ކުޑަވަމުންދާތަން ފާހަގަވެފައިވާކަމަށް ވިދާޅުވިއެވެ. ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމަށް އެއްވެސް ސަރުކާރަކަށް މަސައްކަތް ނުކުރެވޭކަމަށާއި އެމްއެންޕީގެ ސިޔާސަތުތަކާއެކު މިހާލަތު ބަދަލުކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން، ދިވެހިރާއްޖެއަށާއި ދިވެހިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ފުދުންތެރި ދިވެހިން ބިނާކުރުމަށް ސިޔާސަތުތައް އެކުލަވާލާނެކަމަށް ވިދާޅުވިއެވެ. އަދި ސިޔާސަތުތައް އެކުލަވާލުމުގައި އެކިދާއިރާތަކާއި ރައްޔިތުންގެ ހާލަތު ވަޒަންކުރާނެކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *