ގަން އިންޓަނޭޝަނަލް އެއާޕޯޓު

ބޮމެއް އޮތްކަމަށް ބުނުމުން ހައްޔަރުކުރި ދެމަފިރިން ދޫކޮށްލައިފިއެވެ.

މިދެމަފިރިން ހައްޔަރުކޮށްފައިވަނީ އިއްޔެ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އިއްޔެ ހަވީރު ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތްކަމަށް ބުނި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިމައްސަލާގައި 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން އެކަން އެމްއެންޑީއެފްއަށް ހުށަހެޅި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އަންހެންމީހާގެ ފޮއްޓެއް ޗެކް ކުރަން ގެންދިޔުމުން އެމީހާ ވަނީ ސަމާސާއަކަށް ހަދައި "ތީގައި އޮތީ ބޮމެއް"ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.