އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެފައިވާ އަލަމްގީރް

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ އަލަމްގީރްގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަލަމްގީރްގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:00އަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެކެވެ. އަޑުއެހުން ކުރިއަށްގެންދަނީ ސިއްރުކޮށްގެނެވެ.

ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާފައިވާ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި ދައުރުވެފައިވާއިރު، ވީޑިޔޯތައް ލީކްކޮށް ބްލެކްމެއިލްކޮށްގެން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ ބަޔަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަލަމްގީރްގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުންކަމުގެ ކުށް ސާބިތުވެ 7 މަހުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒްކުރަމުންނެވެ.

އޭނާގެ ފަހުން ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އަބްދުއްރަހީމް ރާފިއު (ދޮންދިގު)ގެ މައްޗަށްވެސް އެއް ޖިންސުން ގުޅުން ހިންގިކަމުގެ ކުށް ވަނީ ސާބިތުވެފައެވެ. ކުށުގެ އަދަބެއްގެ ގޮތުން އަބްދުއްރަހީމް ރާފިއު އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ނާޒިމަށް ދީފައިވާ އަދަބަކީ 4 މަސް ދުވަހު ގޭބަންދުގައި ހުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.