ޝަރީފާއި ދެކޮޅަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރު

ހޯރަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް، މުހައްމަދު ޝަރީފްގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޝަރީފަށް ކޮށްފައިވާ ސުލޫކީ މައްސަލައިގެ ތުހުމަތަކީ ތަނާޒުލްވާން ޖެހިވަޑައިގަންނަވާ މައްސަލައަކުން ތަނާޒުލްވެ ވަޑައިނުގެން އެ މައްސަލަ ބައްލަވައި ނިންމެވުމެވެ. އޭނާއާ ދެކޮޅަށް ޖޭއެސްސީއަށް މިމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެއާއެކު ޖޭއެސްސީން ވަނީ ތަހުގީގީ ކޮމެޓީއެއް އެކުލަވާލައި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

މައްސަލައިގައި ގޮތް ނިންމައި އާންމުކޮށްފައިވާ ނޫސްބަޔާނުގައި ޖޭއެސްސީން ބުނީ ރީފުގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި އެމައްސަލަ ސާބިތުވެފައި ނުވާކަމަށް 2022 ޖޫން 26 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 44 ވަނަ ބައްދަލުވުމުގައި ނިންމާފައިނުވާ ކަމަށެވެ.

މިސަރުކާރުން ޖުޑިޝަރީ ދާއިރާ އިސްލާހުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި، ފަނޑިޔާރުންނާއިމެދު ފިޔަވަޅު އަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.