ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ.އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުން
ޤާނޫނާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިސަރު މީޑިޔާތަކަށް މައުލޫމާތުދެމުން ބުނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ބޭރުގެ މަސް ބޯޓެއް ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓް އެމްއާރުސީސީއަށް މިއަދު ހެނދުނު 11:26 ހާއިރު ލިބިފައިވާ ކަމަށެވެ. އެމައުލޫމާތު އެމްއެންޑީއެފްއާއި ހިއްސާކޮށްފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "މާފަތް" ލޯންޗް އެސަރައްހައްދަށް ދިޔަކަމަށް ބުނެފައިވެއެވެ. އަދި މިއަދު 14:00 ހާއިރު އެ ބޯޓް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. އެމްއެންޑީއެފްއިން ބުނީ މި ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ. އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުންކަމަށެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް މި އުޅަނދު ގެނެވި، ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރުކުރަމުންދާކަމަށް ވަނީ މައުލޫމާތު ދީފައެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.