ކަލިނަރީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަގު ވަޒަންކުރުމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލުގެ މުނާސަބަތާ ގުޅުވައި، ރާއްޖޭގައި ކަލިނަރީ ދާއިރާގެ އަގު ވަޒަންކުރުމަށް ފުރަތަމަ ފަހަރަށް އެވޯޑެއް ތަޢާރަފުކޮށްފައިވަނީ  ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނީ "ސީޖީއެމް ޝެފްސް އެވޯޑްސް" ނަމުގައި ތައާރަފުކުރި\ މިއެވޯޑައަކީ ރާއްޖޭގައި ކަލިނަރީ އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ، އަދި އެ ފަންނު ދިރުވާ އާލާކުރުމުގައި އުޅޭ އެކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މަޤްސަދުގައި ތައާރަފުކުރި އެވޯޑެއް ކަމަށެވެ.

މި އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ ގޮތަށް ތައާރަފްކުރި މި އެވޯޑަށް ކުރިމަތިލުމަށް ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޝެފުންނަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ވަނީ ދަޢުވަތު ދީފައެވެ.

ސީޖީއެމް ޝެފްސް އެވޯޑުގައި ހިމެނޭ ކެޓަގަރީތައް:

  • އެގްޒެކެޓިވް ޝެފް
  • ސޫ ޝެފް
  • ކޮމްޕެޓިޝަން ޝެފް
  • އެޑިއުކޭޝަން ޝެފް
  • ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް
  • ޔަންގް ޝެފް
  • ލޯންގް ސާވިސް ސްޕެޝަލް އެވޯޑު

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)އަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ، އަދި ހަމައެކަނި ނޮން- ޕްރޮފިޓް އަދި ނޮން-ގަވަންމެންޓް ޖަމްޢިއްޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.