ރާއްޖޭގެ ގޭންގު ގުރޫޕްތަކުގެ ކުރިމަތީ މި ސަރުކާރުން ކުޑަކަކޫ ނުޖަހާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، މި ސަރުކާރު ދެމި މި އޮންނަނީ ގޭންގްތަކުގެ އެހީގައި ކަމަށް އިދިކޮޅު މެންބަރަކު ވިދާޅުވެފައިވަނިކޮށެވެ.

ގޭންގުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މި ސަރުކާރުން ގޭންގުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ގޭންގު ކުށްތަކަކީ ރާއްޖޭގެ މުޖުތަމައުގައި އެތައް އަހަރެއް ވަންދެން މޫލައި ހަރުލާފައިވާ މައްސަލައެއް ކަމުން އެކަމަށް ބޮޑު ބަދަލެއް ގެންނަން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ގޭންގުތަކުގެ އެހީގައި ނޫންކަމަށާ އަދި ދެން އިތުރު ދައުރަކަށް އިންތިހާބުވާނީވެސް ގޭންގުރޫޕްތަކުގެ އެހީގައި ނޫންކަމަށެވެ. މި ވާހަކަ ދައްކަނީ މަގުމައްޗަށް ނިކުންނައިރު އޭނާ އަށް ވެސް ހުރެދާނެ ނުރައްކާތައް އެނގި ހުރެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ހުދު ރައީސުލް ޖުމްޙޫރިއްޔާ އެތައް ފަހަރަކު އަޅުގަނޑުމެންނަށް ވިދާޅުވި މި ސަރުކާރު އައީވެސް އަދި ދެމި އޮންނާނީވެސް ގޭންގްތަކުގެ އެހީގައެއް ނޫނޭ. މި އިބާރާތް ބޭނުންކުރީމަ އަޅުގަނޑަށްވެސް ހުރެދާނެ ތްރެޑްތަކެއް ހުރެދާނެކަން އެނގިހުރެ މި ވާހަކަ މި ދައްކަނީ،"

އިމްރާން ވިދާޅުވީ ގޭންގުތަކާ ނުލާ ކުރިއަށް ދިޔުމުގެ "ގަޓު" ސަރުކާރުގައި އެބަހުރި ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭކަހަލަ ކުޑަ ގައުމެއްގައި ދިހަބާރަ ގޭންގު އޮތުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށާ ގޭންގުތަކުގެ މައްސަލަ ހައްލުވާނީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އާއި ކޯޓުތަކާއި ކަރެކްޝަނަލް ސަރވިސް ގުޅިގެން ކަމަށެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.