އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޒާމް ހަމަޖައްސާފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.

ރައީސް އުފައްދަވާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ބުނީ، އާސަންދައިގެ އެމްޑީ ކަމަށް އައްޒާމް ހަމަޖެއްސެވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ޝަފީގް މަގާމުން ވަކިވުމާ ގުޅިގެން ކަމަށެވެ.

އައްޒާމް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމުގައެވެ.

އައްޒާމް އާސަންދަ ކުންފުނީގެ އެމްޑީއަކަށް އައްޔަން ކުރެއްވި އިރު، އޭނާ ހުންނެވި މަގާމަށް، އާސަންދަ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގު ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަން ކުރައްވާފައެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.