ޒަކާތް ނެގުމުގެ މަސައްކަތް މިނިސްޓްރީގެ މުވައްޒިފަކު ކުރިއަށްގެންދަނީ -- ފައިލް ފޮޓޯ

މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5777.45ރ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނައީ މިއަހަރުގެ ޖޫން މަހުގައެވެ. އޭރު ކަނޑައެޅީ ނިޞާބުގެ އަދަދަކީ 6396.25ރ އެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލު އާދެއެވެ.

އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

2016 ވަނަ އަހަރަށްފަހު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ދައްކަނީ މޯލްޑިވްސް އިންލެންޑް ރިވެނިއު އޮޓޯރިޓީ (މީރާ) އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *