އަލަމްގިރް އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ސާބިތުވި ރަފީއު

އެއް ޖިންސުން ގުޅުން ހިންގި ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ގެ މައްޗަށް ކުރި ހުކުމް ބޮޑުވުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.

ގާނޫނޫލްއުގޫބާތުގެ ދަށުން އެއްޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ދައުވާ އުފުލި ރާފިއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ އަދަބުގެ ދެ ގުނަ މަތިކުރުމަށް ފަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އޭނާގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފު ކުރަން ނިންމީ އަދަބުގެ މިންވަރު ބޮޑުވުމުން ކަމަށެވެ. ދައުލަތުން އެދުނީ ގާނޫނުލްއުގޫބާތުގެ ދަށުން ހަތް މަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވާފައިވަނީ ދެ ދަރަޖަ މަތިކޮށެވެ.

ކްރިމިނަލް ކޯޓުން އެ ފުލުސް މީހާގެ އަދަބު ބޮޑުކުރީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އުސޫލުގެ ދަށުން ފަނޑިޔާރަށް ލިބޭ އިހުތިޔާރު ބޭނުންކޮށްގެންނެވެ. އެއީ އަދަބުގެ މިންވަރު ބޮޑުކުރުމަށް އޮންނަ އިހުތިޔާރެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި މީގެ ކުރިން އިއްވި ހުކުމްތަކަށް ބަލައިލާއިރު އަލަމްގީރްގެ މައްޗަށް އިއްވާފައިވަނީ 7 މަހުގެ ޖަލު ހުކުމެވެ. އަދި ނާޒިމް އަބްދުއްސައްތާރަށް ހުކުމްކުރީ 4 މަސް ދުވަހަށް ގޭ ބަންދުކުރުމަށެވެ. ނާޒިމަށް ދިން އަދަބު ލުއިވި ސަބަބެއްކަމަށް ފާހަގަކޮށްފައިވަނީ އޭނާ އެކުށަށް އިއުތިރާފްވެ، ތައުބާ ވެފައިވާތީއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި އަދިވެސް އިތުރު މީހުންގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.