ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ދެ މީހަކު އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު ހަވީރު ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތްކަމަށް ބުނި މައްސަލައެއް މިއަދު 17:25 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލާގައި 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ އިންޒާރާ ގުޅިގެން ފުލުހުން އެކަން އެމްއެންޑީއެފްއަށް ހުށަހެޅި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

 އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.