ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރި ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާއަކީ ފަޒްލޫން އާއި ދެކޮޅަށް ހުށައަޅާފައިވާ ހެކީގެ ނިސްބަތަށާއި، ސަބަބުތަކަށް މީގެ ކުރިން ވެސް ބަންދުގެ އަމުރު ނެރެމުން ގޮސްފައިވުމެވެ. އަދި އެއިން އެއްވެސް ހާލަތަކަށް ބަދަލެއް ނާންނަ ކަމަށް ދަޢުލަތުން ހުށައެޅި ނުކުތާގައިވެއެވެ.

އެހެންވެ، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ބަންދާ މެދު ގޮތެއް ނިންމުމަށް ދައުލަތުން ހުށަހަޅައިފިނަމަ، ފަޒުލޫންގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ބަލައި، ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ފަޟުލޫން ބަންދުގައި ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މާލޭންނާއި ރާއްޖޭން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ޝަރުތުކޮށްފައެވެ. އަދި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ، ހާޒިރުވާން އެންގުމުން ހާޒިރުވުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.