އޭނާގެ މއްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި

ސޯޝަލް މީޑިޔާގައި އަމިއްލަ ބަރަހަނާ ވީޑިޔޯ އާންމުކުރަމުންދިޔަ އަހުމަދު ނަބީލް (ޔާޔާ ނަބީލް) އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ އޮރިޔާން ކާޑު ހެދުމާއި އޮރިޔާން ގެންގުޅުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ އަދަބަކަށް އެއް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ އަދަބަކަށް އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވަނީ، އޭނާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބުނު ކަމުގައިވިޔަސް، ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލައި ޝައްކެއް ނެތް  މިންވަރަށް ކުށް ސާބިތުވާކަމަށެވެ.

އޭނާ ވަނީ މީގެ ކުރިން އެކި ފަހަރު މަތިންވެސް މިމައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު މިސެޕްޓެމްބަރު މަހުވެސް އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭނާ ބަންދުން ދޫކޮށްލާފައިވަނީ، ޔާޔާ ނަބީލުގެ ފަރާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތުމުން ކަމަށް ކޯޓުން ނިންމުމަށްފަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.