އަލަމްގިރް އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ސާބިތުވި ރަފީއު

އެއް ޖިންސުން ގުޅުން ހިންގި ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ގެ މައްޗަށް 1 އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އޭނާގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގިކަމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގީރާއެކު އޭނާގެ ވީޑިޔޯއެއް ސޯޝަލް މީޑިޔާއަށް ލީކުވި ހިސާބުންނެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމައި، 1 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހެންނަމަވެސް މިވީހާތަނަށް އޭނާ ބަންދުގައި ހުރި މުއްދަތުން އެދުވަސްތައް ކެނޑުމަށްފަހު ދެން އޭނާ ޖަލު ބަންދުގައި ހުންނަން ޖެހޭނީ 1 އަހަރާއި 1 މަހާއި 28 ދުވަހަށެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި މީގެ ކުރިން އިއްވި ހުކުމްތަކަށް ބަލައިލާއިރު އަލަމްގީރްގެ މައްޗަށް އިއްވާފައިވަނީ 7 މަހުގެ ޖަލު ހުކުމެވެ. އަދި ނާޒިމް އަބްދުއްސައްތާރަށް ހުކުމްކުރީ 4 މަސް ދުވަހަށް ގޭ ބަންދުކުރުމަށެވެ. ނާޒިމަށް ދިން އަދަބު ލުއިވި ސަބަބެއްކަމަށް ފާހަގަކޮށްފައިވަނީ އޭނާ އެކުށަށް އިއުތިރާފްވެ، ތައުބާ ވެފައިވާތީއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި އަދިވެސް އިތުރު މީހުންގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.