ފެނަކައިގައި ކުރީގެ ދަރަންޏާއި އެކު މިހާރު އޮތީ 1.2 ބިލިއަން ރުފިޔާގެ ދަރަނި ކަމަށް ފެނަކައިގެން މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ ދަރަނި އަދާކުރުމަށް ދައްޗެއް ނެތް ކަމަށާއި، އެހެންނަމަވެސް 2018 ވަނަ އަހަރު ހަވާލުވި އިރު 1.4 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.

މިފްކޯއިން ހިންގާ އައިސްޕްލާންޓްތައް ފެނަކަ އާއި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ސައީދު ވިދާޅުވީ މިސަރުކާރުން ފެނަކައާއި ހަވާލުވުމުގެ ކުރިން، 8 އަހަރު ދުވަހުގެ ތެރޭގައި ކެޕިޓަލް އިންވެސްޓްމެންޓުގެ ގޮތުގައި 1 ބިލިއަން ރުފިޔާވެސް އިންވެސްޓްކޮށްފައި ނެތްކަމަށެވެ.

މިއަދު އެ ދަރަނި ދައްކަމުން ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް 3 ބިލިއަން ރުފިޔާ އިންވެސްޓް ކުރެވިއްޖެ ކަމަށާއި، ފައިސާ ނުލިބޭ ކަމަށް ބުނެ ރައްޔިތުން ހާލުގައި ބޭއްތިބުމަށް ފެނަކައިން ބޭނުން ނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ  އެ ކުންފުނިން 73 ރަށަށް ހިދުމަތް ފޯރުކޮށްދެއްމުން އަންނައިރު، މިހާތަނަށް 60 އިންސައްތަ ދަރަނި ދެއްކިއްޖެ ކަމަށެވެ.

ނުވިސްނޭ ދަރަނީގެ ވާހަކަ އެ ދައްކަނީ ކޮން މަގްސަދެއްގައި ކަމެއް. ދަރަނި ނެތް އެއްވެސް ކުންފުންޏެއް އެބައޮތްތޯ .އަޅުގަނޑުމެންނަށް ވީވަރަކުން ސަރުކާރަށް ގާބިލުކަން އޮތް މިންވަރަކުން ދަރަނި ދައްކަމުން ދަނީ"

ފެނަކައަށް ވައްކަމާއި ކަރަޕްޝަނުގެ ތުހުމަތުކޮށް ވާހަކަ ދައްކަނީ މާޒީގައި ހިނގި ކަންކަން މިއަދު ފެނަކައިގެ ތެރެއިން ނުކުރެވޭތީ ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ފެނަކައިގެ ކޮރަޕްޝަނެއް ސާބިތުވެފައި ނެތް ކަމަށާއި ފެނަކައިގައި އެފަދަ ކަމެއް ނުހިނގާކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުން ކަރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ނުކުރާނެ ކަމަށާއި، ވައްކަމެއް ނުކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.