މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ ހުސެއިން ރަޝީދު ހަސަން

ފެނަކައާއި އައިސް ޕްލާންޓްތައް ހަވާލުކުރީ އަގުހެޔޮކޮށް އައިސް ލިބޭނެ ގޮތް ހެދުމަށާއި، މިއީ މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިފްކޯއިން ހިންގަމުން އަންނަ އައިސް ޕްލާންޓްތައް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިކަމުގެ ފައިދާ މިފްކޯއަށާއި މަސްވެރިންނަށްވެސް ކުރާނެކަމަށެވެ.

"ފެނަކައަށް މިމަސައްކަތް ހަވާލުކުރީ ފުރިހަމަ އިތުބާރާއެކުގައި. މިބަދަލާއެކު މިފްކޯގެ ވިޔަފާރި ފުޅާ ކުރުމަށް އެމީހުންގެ އަސްލު މަސައްކަތަށް ފޯކަސް ކުރުމަށްވެސް އިތުރަށް ފަސޭހަވާނެ"

މިނިސްޓަރ ވިދާޅުވީ މިބަދަލާއެކު މަސްވެރިންނަށް އައިސް ވިއްކާ އަގު ހެޔޮވެގެން ދާނެކަމަށެވެ. އަދި މިފްކޯއިން ކުރަމުންދާ މަސް ގަނެ ޕްރޮސެސް ކުރުމުގެ މަރުހަލާ ކުރިއަށްގެންދިޔުމަށް އިތުރު ލުއިފަސޭހަތަކެއް އެކުންފުންޏަށް ލިބޭނެކަމަށް ވިދާޅުވިއެވެ.

މިއަދު ފެނަކައާއި ހަވާލުކޮށްފައިވަނީ 14 އައިސްޕްލާންޓެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ބައެއް އައިސް ޕްލާންޓްތައް އެކުންފުންޏާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *