މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

އެކަމަށްޓަކާއި މިއަދު ވަނީ ފެނަލަ ހެޑް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިފްކޯގެ ފަރާތުން އެ ކުންފުނީގެ އެމްޑީ، އިސްމާއިލް ފައުޒީ އާއި ފެނަކައިގެ ފަރާތުން އެކުންފުނީގެ އެމްޑީ، އަހުމަދު ސައީދެވެ.

ފެނަކަ އާއި ހަވާލުކުރީ ހއ. އިހަވަންދޫ، ނ.ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ގެމަނަފުށި، ގއ. ދެއްވަދޫ، ގއ. ކޮލަމާފުށި، ގދ ފިޔޯރީ، ގދ. ފަރެސްމާތޮޑާ، ސ. ހިތަދޫ އަދި ފ. ފީއަލީ ގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓްތަކެވެ.

މި ރަސްމިއްޔާތުގައި ފެނަކައިގެ އެމްޑީ ވިދާޅުވީ އޭގެން ޕްލާންޓެއް ނުހުއްޓި އައިސް ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވަނީ ފެނަކައާއި ހަވާލުކުރި އައިސްޕްލާންޓްތަކުން  ހިދުމަތް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ތައާރަފްކުރާ ފެނަކަ މޯބައިލް އެޕްލިކޭޝަން ލޯންޗް ކޮށްފައެވެ. އަދި ފެނަކައާއި ހަވާލު ކުރި އައިސްޕްލާންޓްތަކުގެ ތަޅުދަނޑި ހަވާލުކުރުންވެސް ކުރިޔަށް ގެންދިޔައެވެ.

މި ރަސްމިއްޔާތުގައި ފިޝަރިޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރާއި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.